ގދ. ތިނަދޫގެ ދެ ތަނަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނައަދަދެއްގެ ކަރަންޓު ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މިތަކެތި ހޯދާފައިވަނީ، ތިނަދޫގެ ދެ ތަނަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓު ސާމާނުތަކެއް ތިނަދޫގެ ގެއެއްގައި ހުރި ގުދަނެއްގައި ރައްކާކޮށްފައިހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނައަދަދެއްގެ ކަރަންޓު ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ކަރަންޓު ސާމާނު ފުލުހުން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ