އާދަމް ހަލީމް
ކަފާލުތުގައި އަހުމަދު އައްބާސް ދޫކޮށް ދެއްވެންނެތް ކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން އައްބާސްގެ ވަކީލަށް އަންގަވައިފި އެވެ.
މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު މިއަދު ވިދާޅުވީ ޣައިރު ހާޒިރުގައި ހަ މަހުގެ ޖަލު ހުކުމެއް ކުރެއްވެމުން އަހުމަދު އައްބާސް އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި ކަފާލާތު މެދުވެރިކޮށް ދޫކޮށްލައި ދެއްވުމަށް އޭނާގެ ފަރާތުން ހައިކޯޓުގައި އެދުނު ހިނދު، ހައިކޯޓުން އެންގެވި މަރުހަލާތައް ފުރިހަމަކޮށް ސިޓީއަކުން އެކަމަށް އެދުމުން މިއަދު އޭނާ އަށް ސިޓީއެއް ފޮނުއްވައި ޖަވާބު ދެއްވާފައިވާ ކަމަށެވެ.
"ހައިކޯޓުން މިއަދު މެންދުރު ޖަވާބު ދެއްވައިފި. ހައިކޯޓުން އަޅުގަނޑަށް އެންގެވީ އައްބާސް ކަފާލާތުގައި ދޫކޮށް ދެވެންނެތް ކަމަށް،" ސުއޫދު ވިދާޅުވި އެވެ.
އައްބާސްގެ ދިފާއީ ވަކީލަށް ހައިކޯޓުން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އައްބާސްގެ މައްސަލައިގެ އަޑުއެހުން ކުރިޔަށްދާތީ އާއި މައްސަލަ އާ ގުޅިގެން ސާފުކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން، އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ކަފާލާތުގެ ދަށުން އޭނާ އަދި ދޫކޮށްދެވެން ނެތް ކަމަށެވެ.
ކަފާލާތުގައި އަހުމަދު އައްބާސް ދޫކޮށްދެވޭކަށް ނެތް: ހައިކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ