އަންހެން ކުދިން ހިތާނުކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެދިފައެވެ. އެޗްޕީއޭ އިން ލަފައަކަށް އެދުމުން އިސްލާމީ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ވަނީ ހުށަހަޅައިފައެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނަކީ އިންސާނުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ދީނެއް ކަމަށާއި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އިންސާނުންގެ ރައްކާތެރިކަމަށް ދީނުގައި ބާރު އަޅުއްވާފައިވާ ކަމަށެވެ. އަދި އަންހެން ކުދިން ހިތާނު ކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. 
އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެދުމަށް ފޮނުވި ސިޓީ ހެލްތު މިނިސްޓްރީން މިހާރު ވަނީ ބާތިލުކޮށްފައެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނެރުއްވި މެމޯއެއްގައި ވިދާޅުވީ އަންހެނުން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެއީ ސަރުކާރުން ހިތްވަރުދޭ ކަމެއް ވެސް ނޫން ކަމަށެވެ.
    
    އަންހެން ކުދިން ހިތާނުކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން: މައުމޫން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ