މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރަން ފެންނަ ފަރާތްތަކުގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވައިފި އެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމަށް ހުޅުވާލީ ބްރޯޑްކޮމްގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމުގެ އިތުރުން ބްރޯޑްކަމްގެ މެމްބަރުކަމުގައި ހުންނެވި ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ޝަހީބު އިސްތިއުފާ ދެއްވުމުން ހުސްވި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައް، ރައީސް އިސްކަންދެއްވާ ތަރުތީބުން މިއަދު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. އެގޮތުން އެ މަގާމަށް ރައީސް ފޮނުއްވި ނަންތަކަކީ:
1. މަރިޔަމް ވަހީދާ / ގ. ހިލްމަން
2. އާމިނަތު އަމީނާ / ހަނދުވަރީގޭ ލ. ކުނަހަންދޫ
3. އިމްރާނާ ބިންތި އަބްދުﷲ / މ. ކަރޭޖް
4. އާއިޝަތު ދިޔާނާ ތޯހިރު / ސެވަން ސްޓާ، ސ. ހިތަދޫ
ރައީސް ފޮނުއްވި ނަންތަކުގެ ތެރޭގައި އެންމެ ފުރަތަމަ އިސްކަންދީފައިވާ ނަމަކީ މަރިޔަމް ވަހީދާއެވެ. އަދި މީގެ އިތުރުން ބްރޯޑްކޮމްގެ މެމްބަރު ކަމުން ޒައިނާ ވަކިކުރުމާ ގުޅިގެން ހުސްވި މަގާމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން، ޝަރުތު ހަމަވާ ތިން ބޭފުޅެއްގެ ނަންވެސް މަޖިލީހަށް ވަނީ ފޮނުވައިފައެވެ. އެގޮތުން ނަންތައް ތަރުތީބު ކޮށް ފޮނުވާފައިވަނީ:
1. އިމްރާނާ ބިންތި އަބްދުﷲ މ. ކަރޭޖް
2. ހަސަން އިރުފާން މއ. ބޮޑުމަގުގެ
3. ޑރ. އިބްރާހިމް ޝިޔާމް މ. ކަފިޔާވިލް
ރައީސް މިއަދު މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ޝަހީބު ބްރޯޑްކޮމް އިން އިސްތިއުފާ ދެއްވައި، ޒައިނާ މެމްބަރުކަމުން ވަކިކޮށްފައި ވާއިރު، ބްރޯޑްކޮމްގެ މެމްބަރު ޒީނާ ޒާހިރުގެ މައްސަލައެއް ވެސް ކޮމިޓީން އަންނަނީ ބަލަމުންނެވެ. ނަމަވެސް މައްސަލާގައި ވަކި ގޮތެއް އަދި މިހާތަނަށް ނިންމާފައެއް ނުވެއެވެ. އެގޮތުން ކޮމިޓީން ނިންމާފައި ވަނީ ޒީނާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށެވެ.
ކޮމިޝަނުގައި ކުރިން ތިއްބެވި ދެ މެމްބަރުން ކަމުގައިވާ އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު ކޮމިޝަނުން އިސްތިއުފާދެއްވީ މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. އެއާއެކު ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 36 މީހެއްގެ ނަން ރައީސް އޮފީހުން މަޖިލީހަށް ފޮނުއްވީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގަ އެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް މަރީއާއި އަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ