ރައީސް ޔާމިން ކޮވިޑް ވެކްސިން ޖައްސަވައިފި

ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހެއްދެވުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމިން ރޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ މިރޭ 9:30 ހާއިރު ޔާމީން މާލެ ގެނެސް ވެކްސިން ޖައްސަވާފައިވާ ކަމަށެވެ.
ޔާމިން ޖައްސަވާފައިވަނީ ފައިޒާ ވެކްސިނެވެ. އެނގިފައިވާ ގޮތުން ޔާމީން ވެކްސިން ޖެއްސެވީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެ ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ހަރަކާތްތެރިވި އެވެ.
ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ޔާމީން އެންމެ ފުރަތަމަ މާލެ ގެނައީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. އެކަމަކު އޭރު ވެކްސިން ޖައްސަވަން އިންކާރުކުރެއްވި ކަމަށް ބުނެ އެ މަނިކުފާނު އަނބުރާ ޖަލަށް ގެންދިޔައީ އެވެ.
ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ