ބަޔާންގެ މުހިންމު ޑިފެންޑަރެއް ބާސެލޯނާއަށް ސޮއިކުރުމާއި ގާތަށް

ބަޔާން މިއުނިކްގެ ހުނަރުވެރި މިޑްފީލްޑަރ އާޓޫރޯ ވިޑާލް ސްޕޭނުގެ ގަދަބާރު، ބާސެލޯނާ އަށް 27 މިލިއަން ޕައުންޑްގެ އަގަކަށް ސޮއިކުރުން ގާތްވެފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.އުމުރުން އެއްތިރީސް އަހަރުގެ ކުޅުންތެރިއާ އަކީ އިޓަލީވިލާތުގެ ޔުވެންޓަސް އިން 2015 ވަނަ އަހަރު ތެރޭ 32 މިލިއަން ޕައުންޑްގެ އަގަކަށް ޖަރުމަނުގެ އެންމެ ކާމިޔާބު ކްލަބު ބަޔާން މިއުނިކަށް ބަދަލުވި ކުޅުންތެރިއެކެވެ. ބާސެލޯނާ އިން އޭނާގެ އޭޖެންޓުންނާ މަޝްވަރާކޮށް އަމިއްލަ ކަންކަމަށް ދެ ފަރާތުން އެއްބަސްވެފައިވާ އިރު، ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ބަޔާނުން ވަނީ ބާސެލޯނާގެ މެޑިކަލް ޓެސްޓު ހެދުމަށް އޭނާ އަށް ހުއްދަވެސް ދީފަ އެވެ. ޔޫރަޕުގައި މިހާރު ކުރިއަށްދާ ހޫނު މޫސުމުގެ ފުޓްބޯޅަ ޓްރާންސްފާ މާކެޓުގައި ބާސާ އިން މިހާރުވެސް 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ހަރަދުކޮށްފައިވާ އިރު، އެ ކްލަބުން ވަނީ ފްރާންސް ޑިފެންޑާރ ކްލެމެންޓް އާއި ބްރެޒިލް ދެ ކުޅުންތެރިން އާރތާރ އަދި މެލްކޮމްވެސް ގެނެސްފަ އެވެ. އޭގެ އިތުރުންވެސް، އެ ކްލަބުން އަންނަނީ ޕީއެސްޖީގެ އޭޑްރިއޭން ރެބިއޯޓް ހޯދުމަށްވެސް މަޝްވަރާކުރަމުންނެވެ. އަދި ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ބާސާއިން އަންނަނީ އެފްރިކާގެ އަރަމުން އަންނަ ތަރިއެއް ކަމަށްވާ އުމުރުން 19 އަހަރުގެ މޫސާ ވޭގު ކިޔާ ކުޅުންތެރިއެއް ހޯދުމަށްވެސް ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ