ސްކޫލް ފީ ނުދައްކައިގެން ޕްރީސްކޫލް ކުދިންތަކެއް ބިންގަރާހަށް

ނިއު ދިއްލީ (ޖުލައި 12) - ސްކޫލް ފީ ނުދެއްކި ކަމަށް ބުނެ ވެރިރަށް ނިއު ދިއްލީގެ އަންހެން ކުދިންގެ ޕްރީ ސްކޫލެއްގެ 16 ކުދިން ބިންގަރާހުގައި ބަންދުކޮށްފި އެވެ.
ހަތަރު އަހަރުގެ ކުދިން ވެސް ބިންގަރާހަށް ލީ ކަމަށްވެ އެވެ. ނަމަވެސް ސްކޫލް އޮފިޝަލުން ބުނެފައި ވަނީ އެ ކުދިންލީ އެކްޓިވިޓީ ސެންޓަރަކަށް ކަމަށެވެ. އެކަމަކު ބެލެނިވެރިން ބުނެފައި ވަނީ އެ ކުދިން ބަލައި ދިޔަ އިރު ކްލާހުގައި ނެތް ކަމަށާއި އެހެންވެ އެ މީހުންގެ ދަރިން ސްކޫލުން ބަންދުކުރީ ކަމަށެވެ.
ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލާގައި ބެލެނިވެރިން ބުނެފައި ވަނީ އެ މީހުންގެ ޅަ ދަރިން ހެނދުނު 7:30 އިން 12:30 އަށް ބިންގަރާހުގައި ބަންދުކޮށްފައި ކަމަށެވެ. ބެލެނިވެރިން ބުނެފައި ވަނީ ބިންގަރާސް ހޫނުގަދަ އިރު މިއީ އެ މީހުންގެ ދަރިންނަށް ދިން ވަރަށް ބޮޑު އަދަބެއް ކަމަށެވެ. އެ ކުދިން ނެރުނު އިރު ތިބީ ބަންޑުހައިވެ އަދި ކަރުހިތްކައި ގެންފައި ކަމަށެވެ.
"މިކަމުގައި ޒިންމާވާ މީހުންގެ ނަންތައް ތަހުގީގަށް ފަހު ހާމަކުރެވޭނެ،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.
ބައެއް ބެނިވެރިން ބުނީ އެ މީހުންގެ ދަރިންގެ ފީ ނުދައްކާ ކަމަށް ބުނެ ބިންގަރާހުގައި ބަންދުކުރީ ފީ ވެސް ދައްކާފައި ވަނިކޮށް ކަމަށެވެ.
"ފީ ދެއްކި ކަމުގެ ލިޔުން ދެއްކީމާ ވެސް ސްކޫލްގެ ޕްރިންސިޕަލް މައާފަށް އެދިފައެއް ނުވޭ،" އެއް ބެލެނިވެރިއަކު އެންޑީޓީވީ ވެބްސައިޓަށް ބުންޏެވެ.
ދިއްލީ ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސް އިން ވަނީ މި މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ