ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ކަރަންޓުގެ ޙިދުމަތަށް ބޮޑު އިންގިލާބެއް އަންނާނެ- ލަމްޢާން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ކަރަންޓުގެ ޚިދުމަތަށް އިންގިލާބެއް އަންނާނެ ކަމަށް ފެނަކަ ކޯޕަރޭޝަން ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހަންމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.ޗެނަލް ތާރޓީން އަށް މައުލޫމާތު ދެއްވަމުން ލަމްޢާން ވިދާޅުވީ ފެނަކައިން އަތޮޅުތެރޭގައި ދެމުން އަންނަ ކަރަންޓުގެ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗްތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އަށް އަތޮޅަކަށް އޭނާ ކުރެއްވި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަމަށް. އެގޮތުން ރަށްރަށުގެ ކަރަންޓަށް ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން ރަށުގެ އިސްވެރިންނާ ބައްދަލުކޮށް ގިނަ މަޝްވަރާތަކެއް ކުރެވުނުކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން ލަމްޢާން ވިދާޅުވީ އަންނަ އޯގަސްޓް މަހުގެ ތެރޭގައި ސަރުކާރުން ވަރަށް ބިޔަ ބޮޑު މަޝްްރޫޢެއް ވަރަށް އަވަހަށް އިއުލާނުކުރެވިގެންދާނެކަމަށާއި، މި ޕްރޮޖެކްޓްގެ ފައިދާ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތްކަމަށް ލަމްޢާން ވިދާޅުވިއެވެ.ކުރިއަށް އޮތް ނުވަދިހަ ދުވަހުގެ ތެރޭގައި ރަށްރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނޭ ކަމަށްވެސް ލަމްޢާން ވިދާޅުވިއެވެ. އަދި މީގެ އިތުރުން ވަގުތުން ވަގުތަށް ހައްލު ކުރެވެން ހުރި މައްސަލަތަކަށްވެސް އެ ރަށެއްގައި ހުންނަވައިގެން ރައްޔިތުންނަށް ހައްލު ހޯއްދަވައިދެއްވައިފައިވާ ކަމަށްވެސް ލަމްޢާން ވިދާޅުވިއެވެ. ފެނަކައިގެ އަމާޒަކީ އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަށް ކޮށް ނިންމާ އަދި މާލީ ހާލަތު ކުޑަ ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުންކަމުގައިވެސް ލަމްޢާން ވިިދާޅުވިއެވެ. ލަމްއާން ބައެއް އަތޮޅުތަކަށް ކުރެއްވި މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އިންޖީނުތަކުގެ ފެންވަރު ރަގަޅުކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންތަކަށް ހުރި ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ.އަދި އަތޮޅުތަކުގެ ފެނަކައިގެ ވެރިންނާ ބައްދަލުކޮށް މަސައްކަތް ކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމާ ބެހޭގޮތުން މަޝްވަރާތަކެއް ކޮށްފައި ވާކަމަށާއި، ޙިދުމަތްތައް ފުޅާކުރުމާ ގުޅޭ ގޮތުން ވަރައް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވިފައި ވާކަމަށް ލަމްއާން ވިދާޅުވިއެވެ. މީގެ އިތުރުން ލަމްޢާން ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން ފެނަކައިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ސައުވީސް ގަޑި އިރު މެދު ނުކެނޑި ކަރަނޓް ޔަގީން ކުރެވި އަގުހެޔޮކޮށް ރައްޔިތުންނަށް ކަރަންޓްގެ ޙިދުމަތް ފޯރުކޮށްދިނުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ