ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ހިންގަވާ މައުމޫނު ފައުންޑޭޝަނުން ހުޅުވާލި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އެފައުންޑޭޝަނުން ބުނީ އެފައުންޑޭޝަނުން ދޭ 10 އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާކަަމަށެވެ.
އެ ސްކޮލަޝިޕްތަކަކީ މައުމޫނު ފައުންޑޭޝަނުން ކޯސްތަކުގެ ހަރަދުގެ ދެބައިކުޅަ އެއްބައި ހަރަދު ހަމަޖައްސާއިދޭ ގޮތަށް ދޭ ސްކޮލާޝިޕްތަކެކެވެ. އެގޮތުން މިއަހަރު ހުޅުވާލާފައިވާ އެސްކޮލާޝިޕްތަކުން ތަފާތު ފަސް ދާއިރާއަކަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެސްކޮލާޝިޕްތައް މެދުވެރިކޮށް ކިޔެވޭނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ޔުނިވާސިޓީ އިންކަމަށް ވެސް އެ ފައުންޑޭޝަނުން ބުނެއެވެ.
ގާޑަން ސިޓީ ޔުނިވާސިޓީން ތައުލީމު ހާސިލުކުރުމުގެ ފުރުސަތުދީފައިވާ ފަސް ދާއިރާއަކީ ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ބެޗްލާސް އޮފް ކޮމްޕިއުޓާ އެޕްލިކޭޝަނާއި ބެޗްލާސް އިން ބަޔޮޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ އާއި ޖެނެޓިކްސާއި ބެޗްލާސް އޮފް ފިޒިއޮތެރަޕީ އާއި މާސްޓާ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް ހިމެނެއެވެ.
އެފައުންޑޭޝަނުން މިިދިޔަ އަހަރުވަނީ 20 ދާއިރާއަކުން މަތީތައުލީމު ހާސިލްކުރުމަށް 80 ސްކޮލާޝިޕް ދީފައެވެ.
މައުމޫނު ފައުންޑޭޝަންގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ