ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރު ހިންގެވި ދުވަސްވަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރިއިރު "ބޮޑެތި ޑިމޮކްރަސީ" ތަކުން ތިބީ ހަނު ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު މުހައްމަދު ޖަމީލް އަހުމަދު ބޭރުގެ ފަރާތްތަކަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
މިވަގުތު ތައިލެންޑްގެ ބެންކޮކްގައި ހުންނެވި ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވަނުމަށް އެހެން ގައުމުތަކުން ކުރަމުންދާ މަސައްކަތްތައް ދިވެހިންނަށް އެނގޭނެ ކަމަށެވެ.
އަދި މިހާރު ވަމުންދާ ކަންތައްތަކުން ދާހިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ގައުމުތަކުން ވަންނާނެ މިންވަރު އަދި ވަނުމަށް ތައްޔާރަށް ތިބި މިންވަރު ހާމަވާ ކަމަށް ވެސް ޖަމީލު ވިދާޅުވެފައިވެއެވެ.
"ރައީސް މުހައްމަދު ނަޝީދުގެ އަނިޔާވެރި ދުވަސްވަރު ދިވެހި ރައްޔިތުން ފިއްތާ، ޗީފް ޖަސްޓިސްއަކު ހައްޔަރު ކުރި އިރު ބޮޑެތި ޑިމޮކްރަސީ ތަކުން ތިބީ ހަނު" ޖަމީލް ވިދާޅުވެފައިވެ އެވެ.
ޖަމީލް ވަނީ ހުރިހާ ފަރާތްތަކަށް ވެސް މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ޒިންމާ އަދާ ކުރުމަށް ހުރަސް ނޭޅުމަށް ގޮވާލައްވާފައެވެ.
ގާޒީ ހައްޔަރުކުރިއިރު ބޮޑެތި ޑިމޮކްރަސީތަކުން ތިބީ ހަނު - ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ