ތާޖުއްދީން ސްކޫލް ތެރެއަށް ދެ މީހަކު ވަދެ ދަރިވަރަކު ޒަޚަމްކޮށްލައިފި

ތާޖުއްދީން ސްކޫލް (ޓީއެސް) ގެ ތެރެއަށް ދެ މީހަކު ވަދެ މާރާމާރީއެއްގައި ހިންގައި، ދަރިވަރަކު ޒަޚަމްކޮށްލައިފި އެވެ.
މާރާމާރީއާގުޅޭ ގޮތުން ފުލުހުން ބުނީ އެ ކަމުގެ މައުލޫމާތު މެންދުރު ލިބިފައިވަނީ 12:36 ހާއިރު ކަމަށެވެ. ހެނދުނުގެ ސެޝަން ނިމުނު ގަޑީގައި ބެލެނެވެރިން ކުދީން ބަލައި ސްކޫލަށް ވަން ވަގުތު ދެމީހަކު ވަދެ ހިންގި މާރާމާރީގައި ޒަޚަމްވި ކުއްޖާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށާއި އަދި އެކަން ކުރި ކަމަށް ބުނާ ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެވަގުތު އެތަނުގައި ހުރި ބެލެނިވެރިޔަކު ކިޔައިދިންގޮތުގައި ޓީއެސްގެ ތެރެއަށް ދެ ފިރިހެނަކު ވަދެ ކުއްޖަކަށް ހަމަލާދިނީ، އެތަނުގެ ހެނދުނުގެ ސެޝަން ނިމުނު ގަޑީގައި، ބެލެނިވެރިންވެސް ކުދީން ބަލައި އެތެރެއަށް ވަން ވަގުތު ކަމަށެވެ. ކުއްޖަކަށް ހަމަލާދިނުމަށް ފަހު އެ ދެމީހުން ފިލަން މަސައްކަތް ކުރިމަށާއި ނަމަވެސް ބެލެނިވެރިން ގެ ތެރެއިން ބަޔަކު އެމީހުން ހިފެހެއްޓީ ކަމަށްވެސް އޭނާ ބުންޏެވެ.
ނިމިގެންދިޔަ އަހަރުވެސް ތާޖުއްދީން ސްކޫލްގައި ވަނީ މިފަދަ ހާދިސާއެއް ހިންގައި ކުއްޖަކު ޒަހަމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ