ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ޖަލަށްލާފައި ވަނީ އިސްލާހީ މަސައްކަތް ހުއްޓުވުމުގެ ގޮތުން ކަމަށް އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު އެފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ދެކަނބަލުން ފާރިސް މައުމޫނާ ބައްދަލުކުރެއްވުމަށް މާފުށީ ޖަލަށް ވަޑައިގެންނެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ހުކުމެއް ނެތި ފާރިސް މައުމޫން ޖަލަށްލާފައި ހުންނަތާ ހަތަރު މަސްވެއްޖެ ކަމަށާއި، އޭނާ ޖަލަށްލާފައި ވަނީ އިސްލާހީ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ކަމަށެވެ.
My wife and I visited our son MP @afarismaumoon in jail today. 4 months in prison without a sentence. An attempt to stop his reform work!
ޝަރީއަތް ނިމެންދެން ފާރިސް މައުމޫން ޖަލަށްލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފަ އެވެ. އަދި އެ ދައުވާގެ ޝަރީއަތްތައް ކުރިއަށްގެންދާއިރު، ޝަހްޝު އޮޅުވާލުމުގެ ދައުވާ ވެސް ފާރިސް މައްޗަށް އުފުލާފައި ވެއެވެ. ފާރިސްގެ ޤާނޫނީ ވަކީލުން ވިދާޅުވީ ފާރިސްއާ ދެކޮޅަށް ހެކި އުފައްދާފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ގޮތެއްގައި ރިޝްވަތު ދިނުމަށް ފާރިސް މަސައްކަތް ނުކުރައްވާނެ ކަމަށް ވަކީލުން ވިދާޅުވެފައި ވެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މައުމޫނު އަނެއްކާ ވެސް މާފުށީ ޖަލަށް، ވިދާޅުވީ ފާރިސް ޖަލަށްލާފައި ވަނީ އިސްލާހީ މަސައްކަތް ހުއްޓުވަން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ