އަލިމަސް ކާނިވާ ސްޓޭޖުގައި ރޭ ބޭއްވި ފޯރިގަދަ ޝޯއަކާ އެކު 2018 ވަނަ އަހަރަށް ދިވެހިން މަރުހަބާ ކިޔައިފި އެވެ.
އާ އަހަރަށް މަރުހަބާ ކިޔުމަށް ޝޯއެއްގެ ގޮތުގައި ސަރުކާރުން ބޭއްވި ރަސްމީ ހަރަކާތްތައް ކާނިވާ ސްޓޭޖުގައި ކުރިއަށް ދިޔައިރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެ އެވެ.
މިޝޯގައި ވަނީ ރައީސް ޔާމީން ވަނީ ސަރުކާރުން ތައްޔާރުކުރި "ސާސްކަފުގެ 17" ފޮތް ނެރެދެއްވާފަ އެވެ.
މިޝޯ އެންމެ ބޮޑަށް ހާއްސަ ވެގެން ދިޔައީ ބޮލީވުޑްގައި ނުފޫޒުގަދަ ދެ ލަވަކިޔުންތެރިން ކަމަށްވާ ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފާތިހް އަލީ ޚާނާއި، މިކާ ސިންގް ހުށަހަޅައިދިން ލަވަތަކުންނެވެ.
މިޝޯ ހުށަހަޅައިދިނީ މި ދެ ފަންނާނުންނާ އެކު ރާއްޖެ އައި އިންޑިއާގެ ދެ މީހުންނެވެ. ރޭގެ މިޝޯގައި އިންޑިއާގެ ޑާންސް ގުރޫޕެއްގެ ހާއްސަ ހުށަހެޅުމެއް ވެސް ފެނިގެން ދިޔަ އެވެ.
ދިވެހި ފަންނާނުންގެ ހާއްސަ އައިޓަމެއްވެސް ފެނިގެން ދިޔަ މި ޝޯގައި ވަނީ ދަންވަރު 12:00 ޖެހުމާއެކު 2018 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހަވާ އަރުވާފަ އެވެ.
މިޝޯ ހުށަހަޅައިދިން ދެ މީހުންނާއި ޝޯގައި ބައިވެރިވި ދެ ފަންނާނުން ވަނީ މިޝޯގެ ތެރެއިން ރާއްޖޭގެ ރީތި ކަމާއި ދިވެހިންގެ ހިތްހެޔޮކަން ތަކުރާރުކޮށް ފާހަގަކޮށް ދިވެހިންނަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކޮށްފަ އެވެ.
މި ޝޯ އިންތިޒާމްކުރި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ބުނީ އެކުންފުނިން ބޭނުންވި ފެންވަރަށް މިޝޯ ކުރިއަށް ގެންދެވުނު ކަމަށެވެ.
ފޯރިގަދަ ޝޯއަކުން ދިވެހިން 2018 އަށް މަރުހަބާ ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ