ނަޝީދު އެހުންނެވީ ސިޔާސީ ގޮތުން ބާލިޣު ނުވާ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގެ "ނިއުސް ޓޯކް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުﷲ މުހައްމަދު ވިދާޅުވީ ނަޝީދު މިހާރު ގެންގުޅުއްވާ ސިޔާސީ ވިސްނުންފުޅާއި އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތަކަށް ބަލާފައި ގައުމީ ވިސްނުމެއްގައިހުރި ސިޔާސީ ލީޑަރަކު އެމަނިކުފާނާ އެއްކޮޅަށް ނާރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ރައީސް ނަޝީދާއެކު ތިއްބެވި ސިޔާސީ ބޭފުޅުން އެގޮތަށް ތިއްބެވީ އެމަނިކުފާނަށް ތާއީދު ކުރައްވާތީ ނޫންކަމަށެވެ.
"ނަޝީދުގެ އެހުރި ސިޔާސީ ވިސްނުމާއި ސިޔާސީ ފިކުރުގެ މައްޗަށް މިހާރު ވައުދުވަމުންދާ ވައުދުވުމުގެ މައްޗަށް ބަލާފައި ގައުމީ ވިސްނުމެއްގައި ހުރި ސިޔާސީ އެއްވެސް ލީޑަރަކު އޭނައާއި އެއްކޮޅަކަށް ނާރާނެ،" އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ނަޝީދަކީ ދެކޮޅުޖެހޭ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތައް އަޑުއަހާނެ ބަޔަކު މިހާރުނެތް ކަމަށެވެ.
"ގުޅިފައިވާ ޕާޓީތަކުން އެއްކެންޑިޑޭޓަކު ނެރެން ވާހަކަ ދައްކަވާފައި އެކަންވެސް ނުކުރެވުނީ ނަޝީދު ދައްކަވާ ވާހަކަފުޅުތައް ދެކޮޅު ނުޖެހުމުން " މއަބްދުﷲ ވިދާޅުވިއެވެ.
ނަޝީދު މިހާރު ހުންނެވީ ގިނިކަންޏާ ކަމަށް ވިދާޅުވެ އަބްދުﷲ ވިދާޅުވީ ނަޝީދު އެހުންނެވީ ސިޔާސީ ގޮތުން ބާލިޣު ނުވާ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށާއި ވެރިކަމަށް ޝަރުތެއް ފުރިހަމައެއްނުވާ އިރު ތަސައްރަފެއް ނުފުދޭ ކަމަށެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓެއް ކަމަށާއި އެ އެއް ކެންޑިޑޭޓް ކަޑަ އަޅާނީ ވަކި ޕާޓީތަކުގެ ޕްރައިމަރީއަކަށް ފަހު ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގައި އިންތިޚާބުގައި ވާދަކުރެއްވުމަށް އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ކުރިއަށް ގެންދަވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ނަޝީދު އެކަންޏެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.
ނަޝީދު ސިޔާސީ ގޮތުން ބާލިޣެއް ނުވޭ - މަދަނީ އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ