ޕޮޒިޓިވް ވި މީހުންގެ އަދަދު 226 އަށް!

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 226 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވަނީ މިއަދު އެކަނި ވެސް 12 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ
ރާއްޖޭގެ ނުވަ މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކާއި ޕާކިސްތާނު މީހެކެވެ.
ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުން އިތުރުވަމުން ދާއިރު ހާލަތު ގޯސްވެދާނެ ކަމަށް ބަލައި، ސަރުކާރުން ވަނީ ގޭގައި ކަރަންޓީނުވުމަށް ތައްޔާރުވެ ތިބުމަށްވެސް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ