ކޯވިޑް-19: ބޮޑީބިލްޑިން އެސޯސިއޭޝަންގެ ހަރަކާތްތަށް ފަސްކޮށްފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޯވިޑް-19) އާއި ގުޅިގެން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އެކި އެކި ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.
 
އެ އެސޯސިއޭޝަނުން ނެރުނު އިއުލާނުގައި ވަނީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކާއި، ރާއްޖޭގެ ސިއްހީ ކުއްލި ހާލަތު އިއުލާނު ކުރެވިފައިވުމާއި ގުޅިގެން އެ އެސޯސިއޭޝަންގެ ބައެއް ހަރަކާތްތަށް ވަޤުތީގޮތުން ވަނީ މެދުކަނޑާލެވިފައިވާ ކަމަށެވެ.
 
އެގޮތުން އަންނަ މަހު ތިން ވަނަ ދުވަހު  ބޭއްވުމަށް ހަމަޖެހިފައިވާ “ޤައުމީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޓީމް” ނެގުމަށް ހަމަޖެހިފައިވާ “ސިލެކްޝަން” މުއްދަތެއް ނެއްގޮތަށް ފަސްކުރެވިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ