އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބޮޑުދައިތަ އަވަހާރަވެއްޖެ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބޮޑުދައިތަ އަވަހާރަވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ބޮޑުދައިތަ ޒުބައިދާ ހުސައިން ދީދީ މިރޭ އަވަހާރަވީ އުމުރުފުޅުން 82 ގައި ކަަމަށް އާއިލާގެ ބޭފުޅަކު ވަނީ ވީނިއުސް އަށް ޔަގީންކޮށްދެއްވާފަ އެވެ.
ޒުބައިދާ އަވަހާރަވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ ވަގުތެއްގަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބޮޑުދައިތަ މިރޭ އަވަހާރަވިއިރު އުއްތަމަ ފަނޑިޔާރު އިންނެވީ ސިފައިން ސުޕްރީމް ކޯޓު ބަންދުކޮށްފައިވާތީ އެތަނުގެ އެތެރޭގައި ބަންދުވެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ