ރަށުގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ ދިރިއުޅުމަށް ބިން ދޫކުރާނެ ދުވަހެއް ފެނި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވެގެން ދިއުން ކަމަށް ދ. މީދޫ ކައުންސިލުން ބުނެފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން މީދޫ ކައުންސިލްގެ ރައީސް އިޔާސް އިސްމާއީލް ލަތީފް ވިދާޅުވީ މިވަގުތު މީދޫގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ދިރިއުޅުމަށް ބިން ދޫނުކުރާތީ އެކަމުގެ ސަަބަބުން ދިމާވާ މައްސަލަތައް ކަމަށެވެ.
އިލްޔާސް ވިދާޅުވީ މީދޫގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވުމުގެ ސަބަަބުން ނިމިދިޔަ ސަރުކާރުގައި އެރަށުގެ ބިން ހިއްކާފައިވާ ކަމަށެވެ. އަދި މިސަރުކާރުގެ ޕްލޭނިން މިނިސްޓްރީން ހަދަމުންދާ މީދޫގެ ލޭންޑް ޔޫޒް ޕްލޭން ނިމުމުން މީދޫން ބިން ދޫކުރުމުގެ ހުއްދަ ލިބި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. މީދޫގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް މިދިޔަ ހަފްތާގެ ތެރޭގައި ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ގެވަޅު މިވަގުތުު ބޭނުންވާ ހުރިހާ ފަރާތްތަކަށް ލޭންޑް ޔޫޒް ޕްލޭން ނިމުނުހާ އަވަހަކަށް ގެވަޅު ދޫކުރުމުގެ މަސައްކަތް ފެށިގެން ދާނެ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ މީދޫގެ ފެނުގެ ނިޒާމްގެ ދަތިކަން ވާނީ މިިދިޔަ ހަފްތާ ތެރޭގައި ސަރުކާރަށް ހުށަހަޅާފައި ކަމަށެވެ. މީގެ އިތުރުން މި އަހަރު ބަޖެޓުގައި މީދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫ ހިމަނާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ގެވަޅުގެ ދަތިކަމުގެ އިތުރުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ފެނުގެ ނިޒާމް، ސުނާމީގެ ފަހުން ރަށުގެ ފެން ފަށަލަ ވަނީ ވަަރަށް ބޮޑަށް ހަލާކުވެފަ،" އިޔާސް ވިދާޅުވި އެވެ.
އާބާދީގައި 1403 މީހުން ދިރިއުޅޭ މީދޫއަކީ ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރާ ރަށެކެވެ.
ރައްޔިތުން އެންމެ ބޭނުންވަނީ ދިރިއުޅެން ބިން ދޫކުރަން: މީދޫ ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ