ވިލާ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައި އޮތް ދެފަޅެއްގެ އެއްބަސްވުން ބާތިލް ކުރިކަން ޓްއަރިޒަމް މިނިސްޓްރީ އިން ވިލާ އަށް އަންގާފައިވާ އެންގުމަކީ ބާތިލް އެންގުމަށް ކަމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ޙުކުމަކީ ކ.ބޮލިދުއްފަރު އަދި ކ.ވާވެއްދި ފަޅު އެއްބަސްވުން ސަރުކާރުން އުވާލީ ޤާނޫނާއި ހިލާފަށް ކަމަށް ބުނެ ވިލާ އިން ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލައިގެ ޙުކުމެވެ.
ޙުކުމުގައި ބުނެފައި ވަނީ ޓްރީޒަމް މިނިސްޓްރީ އާއި އެކު 12 ޑިސެމްބަރ 2013 ވަނަ ގައި ވިލާ އިން ކޮށްފައިވާ "އެމެންޑެޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރީމެންޓް" އުވާލާފައިވާ ކަމަށާއި އެމެންޑެޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރީމެންޓް އުވާލެވިފައި ވަނީ ކ.ބޮލިުއްފަރު އަދި ކ.ވާވެއްދި ފަޅު ކުއްޔަށް ދޫކުރުމުގެ މުއާމަލާތަކާއި ގުޅިގެން 12 ޑިސެމްބަރ 2013 ގެ ތާރީޚްގައި ކުރެވިފައިވާ "ސެޓްލްމެންޓް އެގްރީމެންޓް" އުވާލި އުވާލުން އަސާސްއަކަށް ބަލައިގެން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން 08 ފެބްރުއަރީ 2015 ގައި ފޮނުވި ސިޓީ އިން ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑެޑް ރި-ސްޓޭޓެޑް ލީޒް އެގްރީމެންޓާ ޚިލާފު ބާޠިލް އެންގުމެއް ކަމަށް ކަނޑައަޅާކަމަށެވެ.
ވިލާ އަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން އުވާލުމުގެ އިތުރުން އެ ތަންތަނުގައި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 90 މިލިއަން ޑޮލަރު އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް ސަރުކާރުން އޭރު އަންގާފައިވެ އެވެ. ނަމަވެސް ފަހުން ސަރުކާރާއި އެކު ވިލާ އިން ވަނީ ޖޫރިމަނާ ފައިސާ އާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދައްކަން އެއްބަސްވެފައެވެ.
ދެފަޅެއްގެ އެއްބަސްވުން ސަރުކާރުން އުވާލި މައްސަލައެއް ގާސިމް ކޮޅަށް ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ