ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އެގައުމުގެ 182 ސްކޫލް ބަންދުކޮށްފި

ޕާކިސްތާނުގެ ސަލާމަތީ އިދާރާތަކުން އެގައުމުގައި ދީނީ ތައުލީމުދޭ 182 ސްކޫލް ބަންދުކޮށްފިއެވެ.
އެގައުމުގެ ސަލާމަތާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި އެ ސްކޫލްތައް ބަންދުކުރީ ހައްދުފަހަނަ އެޅުމަށް މަގުފަހިކުރުވަމުންދާތީއެވެ.
ޕާކިސްތާނުން ގިނަ އަދަދެއްގެ ސްކޫލް ބަންދުކުރިއިރު ޓެރަރިޒަމަށް ފަންޑްކުރާ 162 އޯގަނައިޒޭޝަންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެކަންކަމަކީ އެގައުމުގެ ސަރުކާރާއި އެއްކޮޅު ސިޔާސީ ޕާޓީތަކުން ފާސްކޮށްފައިވާ ގައުމީ އެންޓި-ޓެރަ އެކްޝަން ޕްލޭންގެ ދަށުން ކުރެވިގެންދިޔަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ