ތަދު އިހްސާސް ނުވާ އަދި ބަނޑުހައި ނުވާ ހަތް އަހަރުގެ ކުއްޖެއް!

އެއްވެސް ވަރަކަށް ތަދު އިހްސާސް ނުވާ އަދި ކިތަންމެ ގިނަ އިރު އެއްޗެއް ނުކައި ހުއްޓަަސް ބަނދުހައިވާ ކަމުގެ އިހްސާސް ނުކުރެވޭ ކުއްޖަކު އިނގިރޭސިވިލާތުގައި ދިރިއުޅެމުން އެބަގެންދެއެވެ.
އޮލީވިއާ ކިޔާ އުމުރުން ހަތް އަހަރުގެ މިކުއްޖާ އަށް ތަދު އިހްސާސްނުވެ އަދި ބަނޑުހައި ނުވަނީ އެކުއްޖާ އަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލައެއްގެ ސަބަބުންނެވެ. އޮލީވިއާ އަށް ޖެހިފައިވާ ބައްޔަށް ޑޮކްޓަރުން ކިޔާ ނަމަކީ "ކްރޮމޯސަމް 6 ޑިލީޝަން" އެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވެއެވެ.
އޮލީވިއާގެ އާއިލާ އިން ބުނާ ގޮތުގައި ވަރަށް ފަހުން ވެސް އޮލީވިއާ ކާރެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އެއެކްސިޑެންޓްގައި އޮލީވިއާ ކާރުގެ ދަށުވި ނަމަވެސް އޭނާ އަށް މާބޮޑެތި އަނިތާކަތެއް ނުވެއެވެ. ކުޑަކުޑަކޮށް ބައެއް ތަންތަން މަށައިގެން ދިޔަ ނަމަވެސް އޭނާ ރޮއެފައި ވެސް ނުވާ ކަމަށް އޮލީވިއާގެ މަންމަ ބުންޏެވެ.
އޮލީވިއާ އަށް ޑޮކްޓަރުން މިހާރު ވަނީ ނިކް ނޭމެއް ވެސް ދީފައެވެ. އެއީ ބައޯނިކް ގާލްއެވެ.
އޮލީވިއާގެ މަންމަ ބުނީ އޮލީވިއާ އަށް ބަނޑުހައިހޫނު ކަން އިހްސާސް ނުވި ނަމަވެސް އޮލީވިއާ އަށް ސިއްހީ ގޮތުން ރަނގަޅު ކާނާ ގަވައިދުން ދިނުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭކަމަށެވެ.
އޮލީވިއާ އަށް ޖެހިފައިވާ ބައްޔަށް އަދި މިހާތަނަށް ބޭހެއް ހޯދިފައެއް ނުވެއެވެ. އަދި މިބަލި ޖެހެން ދިމާވާ ސަބަބު ވެސް ދެނެގަނެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ