ފުލުހުން ހޯދާ މަސްތުވާތަކެއްޗަށް ވަމުންދާ ގޮތާ މެދު ރައްޔިތުން ސުވާލު އުފައްދާ - އިލްހާމް

ފުލުހުން ހޯދާ މަސްތުވާތަކެއްޗަށް ވަމުންދާ ގޮތާ މެދު ދިވެހި ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށާއި އެތަކެތި ނައްތާލަނީ ރަނގަޅު ގޮތުގައިކަން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށް ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ފުލުހުން ހޯދާ މަސްތުވާތަކެއްޗާމެދު ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ.
"ޕޮލިސް ތެރޭގައި ހުރިހާ ސަކަރާތެއް ޖަހާ ވާހަކަ މި އަޑު އިވެނީ. އޭ ޓު ޒެޑަށް ސަކަރާތް ޖަހާ ވާހަކަ މި ދަންނަވަނީ. އޭ ޓު ޒެޑަށް. އެއްވެސް ކަމެއް ހައްލެއް ނުވޭ. ވަޓް އިޒް ދިސް. އެހެންވީމާ އަޅުގަނޑުގެ އައިޑިއާއަކީ އަޅުގަނޑުމެން މި ބޭނުންވާ ޗޭންޖު ގެނެވޭނީ ހަރުދަނާ ވެގެން،" އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ މިކަންކަން ހައްލު ކުރެވޭނީ ފުލުހުންގެ މުއައްސަސާ މިއަށްވުރެ އިތުރަށް ހަރުދަނާ ކޮށްގެން ކަމަށާއި އެފަދަ މުއައްސަސާތަކުގައި ތިއްބަވާ އިސްވެރިންނަކީ ފައިސާއަށް ވިކޭ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.
އަދި މި ލެވެލް އަށް ފުލުހުންގެ މުއައްސަސާ ދިޔައީމަ އެއީ "ޓޫ މަޗް" ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންނަށް އިތުބާރު ކުރެވޭ ކަހަލަ މެކޭނިޒަމެއް ގާއިމުކުރަން ޖެހޭ ކަމަށާއި މައްސަލަތައް ހައްލުކުރެވޭނީ އޭރަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ