ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު މަގާމުން ދުރުކުރީވެސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް ފަހުން އަހުމަދު އަދީބު ވަޑައިގެންނެވީ ވެސް އެމްޑީޕީގެ ތިން މެންބަރުން ފިޔަވައި އެހެން ހުރިހާ މެންބަރުންނަށް ރިޝްވަތު ދީގެން ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިއީ ޑިމޮކްރަސީ އަށް ވެސް ހުރި ލަދެއް ކަމަށެވެ.
ހޯމް މިނިސްޓަރ މިހެން ވިދާޅުވީ މިރޭ ކުރެއްވެވި ޓްވީޓެއްގައެވެ.
އުމަރު މިހެން ވިދާޅުވިއިރު ޑރ.ޖަމީލް އާއި އަދީބު ވެސް ވަނީ އެމްޑީޕީ އާއި ކުރީގެ ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތުގައި ދެގޮތެއް ނުވެ ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެ މިހަފްތާގައި ބަޔާން ތަކެއް ނެރުއްވާފައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުންތަކަކަށް ރިޝްވަތު ހިފުމުގެ ސީރިއަސް ތުހުމަތުތަކެއް ހޯމް މިނިސްޓަރ މިރޭ ކުރެއްވެވިއިރު އެމްޑީޕީ އިން މިއަދު ވަނީ ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް ނޫސްބަޔާނެއް ނެރެފައެވެ.
ޖަމީލް ވަކިކުރީ ވެސް އަދީބު ނައިބު ރައީސް ކަމަށް އައީވެސް އެމްޑީޕީ މެންބަރުންނަށް ރިޝްވަތު ދީގެން – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ