ހަވީރު އޮފީސް ބަންދުކޮށްފި

ހަވީރު ހުއްޓާލަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާއެކު، ހަވީރު އޮފީސް ބަންދުކޮށްފިއެވެ.
ހަވީރު އޮފީސް ބަންދުކޮށް، ހުރިހާ މުވައްޒަފުން ގޭގައި މަޑުކުރުމަށް ވެސް ހަވީރު މެނޭޖްމެންޓުން ވަނީ އަންގާފައެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުން ހަވީރު މެނޭޖްމެންޓުން މުވައްޒަފުންނަށް އަންގާފައިވަނީ، ގޭގައި މަސައްކަތްކުރުމަށެވެ.
ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު ހުށަހަޅާފައިވާ މައްސަލަ ނިމެންދެން، އެ މައްސަލާގައި ދައުވާކުރާ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާގެ ބައިވެރިވުން ނެތި ހަވީރު ނޫސް ނެރުން ހުއްޓާލުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން މިއަދު ވަނީ ނެރެފައެވެ.
ސިވިލް ކޯޓުގެ އަމުރުގައި ވަނީ އިބްރާހމް ރަޝީދު މޫސާ އާއި ފާރޫގަށް ދައުވާ ރައްދުވާ މުހައްމަދު ޒާހިރު ހުސެއިންއާ އެއްފަދައިން، ހަމަހަމަ ހިއްސާ ލިބިގެންވާކަން، ހައި ކޯޓުގެ ގަޒިއްޔާ އިން އެންގެން އޮންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ