ބޮޑު އީދު ދުވަހާއި ގުޅިގެން މާދަމާ ހަވީރު ހުޅުމާލޭގައި ވެހިކަލް ދުއްވުން ޓްރާންސްޕޯޓް އޮތޯރިޓީން މަނާ ކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ ކުރީ މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.
އެ ގަޑީގައި ދުއްވަން ހުއްދަ ދީފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދާއި އެމްބިއުލާންސްއާ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވާ ސައިކަލާއި ހުޅުމާލެއާއި މާލެ ދެމެދުގައި ދަތުރުކުރާ ބަހުގެ އިތުރުން ދުއްވަން ހުއްދަ ދެވޭ އުޅަނދު ތަކަށެވެ.
މި އެންގުމާއި ހިލާފުވާ މީހުންނަށް އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
    
    ހުޅުމާލޭގައި މާދަމާ ހަވީރު ވެހިކަލް ދުއްވުން މަނާ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            