ޖޭޕީގެ މެމްބަރު އިލްޙާމް އަހުމަދަށް ތާއީދުކުރުން ޕީޕީއެމުން ނިންމައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ނިކުންނަ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ އިލްޙާމް އަހުމަދަށް ތާއީދުކުރުން ޕީޕީއެމުން ނިންމައިފިއެވެ.
އިލްޙާމް ވާދަކުރަން ނިންމީ އުނގޫފާރު ދާއިރާއަށެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުގައެވެ. އެ އިންތިހާބަށް ތައްޔާރުވުމަށް ޕާޓީތަކުން މިހާރު ފަށާފައިވާއިރު އަމިއްލަ ގޮތުން ވެސް ގިނަ ފަރާތްތަކަކުން ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.
ގުޅިފައިވާ ސިޔާސީޕާޓީ ތަކުގެ ކޯލިޝަނުންވެސް މިހާރު ވަނީ މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން އިއުލާން ކުރަން ފަށައިފަ އެވެ. ކުރީގެ ރައީސް މައުމޫން މިހާރު ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އަދި މައުމޫންވެ ޕާޓީއާއި އަދާލަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެ ސަރުކާރާ އެއްކޮޅަށް ކެންޑިޑޭޓުން ނެރެން ވަނީ ނިންމާފައެވެ. ނަމަވެސް އަޑުތައް ފެތުރިފައި އޮތީ ޖުމްހޫރީ ޕާޓީއާއި ޕީޕީއެމުން ކޯލިޝަން ހަދަން އުޅޭ ވާހަކަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ