ދެން ކިންގް އަކަށް ވެވަޑައިގަންނަވާނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް މިރޭ ޖޭޕީއާއި ގުޅުނު ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު އާރިފް ވިދާޅުވީ ދިވެހި ރާއްޖޭގެ ޑިމޮކްރަޓިކް ވެއްޓަށް އެެންމެ ބޮޑު ހިދުމަތެއް ކުރެއްވި ބޭފުޅަކީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ.
"މިއަދު އަޅުގަނޑު މި ނެގީ ވަރަށް މުހިންމު ޑިސިޝަނެއް އަޅުގަނޑު މި ޕާޓީގެ ހުރިހާ ބޭފުޅުނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ މިއަދު ދިހަ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު މައްސަކަތް ކުރީ ވަރަށް ތެދުވެރިކަމާއި ހަމާނަތް ތެރިކަމާއި އެކު ކަން ހާންމަ ކޮށްދިނުން " އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ މިގައުމުގެ ހައްގުގައި ގާސިމް ކުރައްވަމުން ގެންދަވާ މައްސަކަތުގައި އަޅުގަނޑުމެން އޮތް ހުރިހާ އެއްބާރުލުމެއް އަޅުގަނޑުމެން ދޭނަން އިރާދަ ކުރެއްވިޔާ ދެން ކިންގް އަކަށް ވެވަޑައިގަންނަވާނީ ގާސިމް " އާރިފް ވިދާޅުވިއެވެ.
ދެން ކިންގް އަކަށް ވެވަޑައިގަންނަވާނީ ގާސިމް - އަލީ އާރިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ