ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު އިންޒާރު ނެރެފިއެވެ.
މެޓް އޮފީހުން ހުދު އިންޒާރު ނެރެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ކ. އަތޮޅުގެ ނިޔަލަށެވެ.
މެޓް އޮފީހުން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މެޓް އޮފީހުގެ އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 21:00 އަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، އުތުރާއި މެދުތެރޭ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، މީގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާއެކު ގުގުރުން އެކަށީގެން ވާކަމަށްވެސް ބުނެފައި ވެއެވެ.
އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ