ރައްޔިތުން ދޫކޮށް އެއްވެސް ޕާޓީއަކުން ބޭނުންވާ ގޮތަކަށް އަޅުގަނޑު ތަބައެއް ނުވާނަން: ނަސްރުﷲ

ރައްޔިތުން ދޫކުރައްވައި އެއްވެސް ޕާޓީއަކުން ބުނާގޮތަކަށް ތަބައެއް ނުވާނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ނަސްރުﷲ އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ނަސްރުﷲ މިހެން ވިދާޅުވީ ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. އެއްވެސް ޕާޓީއެއްގެ ނަން ހާމަނުކުރައްވައި ވާހަކަދައްކަވަމުން ނަސްރުﷲ ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި ފިކުރާ ދެކޮޅަށް މަސައްކަތެއް ނުކުރާނެކަމަށެވެ.
“ތިބޭފުޅުން ދޫކުރައްވައި އެއްވެސް ޕާޓީއެއްގެ ބުނާހާ ގޮތަކަށް، ތިބޭފުޅުންގެ ހިޔާލާއި ފިކުރާ ދެކޮޅަކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަމޭ.” ޖޭޕީގެ ކެނޑިޑޭޓް ނަސްރުﷲ ވިދާޅުވި އެވެ.
އޭނާ އިންނަވައި މަޖިލީހެއްގެ ތެރޭގައި ދިވެހި ރާއްޖޭގެ އަޤީދާ އާއި ދި ދީނާ އަދި އިސްތިޤްލާލާއި ހުރަސް އެޅޭފަދަ ގޮތަކަށް ބައްޓަން ކުރެވޭ އެއްވެސް ގާނޫނަކަށް ވޯޓެއް ނުދޭނެކަމަށެވެ. އަދި އެއީ އެ ވޯޓްނުދީގެ ގޮނޑި ގެއްލުންކަމުގައި ވިޔަސް އަދި ޕާޓީއަކުން ވަކިކުރިކަމުގައި ވިޔަސް ނުވަތަ ޖަލަށްދާން ޖެހުނުކަމުގައި ވިޔަސް އެފަދަ ވޯޓެއް ނުދޭނެކަމަށެވެ.
“އަޅުގަނޑުގެ މައްޗަށް އަމުރުކޮށް އަދި ކަންތައްކުރަންވީ ގޮތް ކިޔައިދޭކަށް އެހެން ދާއިރާއަކަށް ކުރިމަތިލައިގެން އުޅޭ މެމްބަރަކު އަޅުގަނޑަކާއެއްކޮށް މަސައްކަތެއް ނުކުރާނެ. އަދި އެހެން އެއްވެސް ޕާޓީއެއްގެ ވެސް ކައުންސިލަކުންވެސް ވަކި އަޅުގަނޑުގެ ހިޔާލާއި ފިކުރާ ދެކޮޅަކަށް މަސައްކަތްކޮށް އެ ބޭފުޅުން ބޭނުންވާ ގޮތަކަށް އަޅުގަނޑު ތަބައެއް ނުވާނަން.” ނަސްރުﷲ ވިދާޅުވި އެވެ.
ނަސްރުﷲ ވިދާޅުވީ އަބަދުވެސް ގެންދާނީ ރައްޔިތުންނާއެއްކޮށް ރައްޔިތުން ދެކޭގޮތަށް، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މަސައްކަތްކުރާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ