އަބްދުﷲ ދީދީގެ އަނބިކަނބަލުން ސަސްޕެންޑު ކުރުމަށް ފޮރިން މިނިސްޓްރީއަށް މީކާއިލް ގޮޮވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ސަސްޕެންޑު ކުރުމަށް ފޮރިން މިނިސްޓްރީއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގޮޮވާލައިފި އެވެ.
ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ނައިބު ޣާނިޔާ އަބްދުލްޣަފޫރު ސަސްޕެންޑު ކުރުމަށް މީކާއިލް ގޮވާލާފައިވަނީ އިއްޔެ އޭނާ ކުރި ޓުވީޓެއްގައެވެ. މީކާއިލްގެ މި ޓުވީޓުގައި އޭނާ ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ދީދީގެ ހިޔާނާތުގައި ޣާނިޔާގެ އަތެއްވާކަމަށް ހެކިތަކުން ދައްކާ ކަމަށެވެ. އަދި ހިޔާނާތުގެ މިފަދަ ބޮޑު ތުހުމަތެއް ކުރެވޭއިރު ފޮރިން މިނިސްޓްރީގެ މަގާމެއްގައި އޭނާ ހުރުން އެކަށީގެން ނުވާކަމަށް މީކާއިލް ވިދާޅުވިއެވެ.
ޣާނިޔާ އަކީ ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލެވެ. ޖޭއެސްސީ އިން އޭނާގެ ފިރިކަލުން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކޮށް ދީދީއާ ސުވާލުކޮށްފައިވަނީ ޣާނިޔާގެ އެކައުންޓަށް ޖަމާވި ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ