ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގައި ހުންނަ ދެ މިސްކިތަކަށް ހަމަލާދޭން ބޭނުންކުރި ބާވަތުގެ ބަޑި ގެންގުޅުމާއި ވިއްކުން އެގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ. އެގޮތުން އެގައުމުގެ ބޮޑުވަޒީރު ޔަސިންޑާ އާޑާން ވިދާޅުވި "މިއީ އަޅުގަނޑުމެން ކުރާނެ މަސައްކަތުގެ ފެށުމެއް" މިހެންނެވެ.
ބޮޑުވަޒީރު ޔަސިންޑާ އާޑާން ވިދާޅުވީ އަސްކަރީ ބާވަތުގެ ސެމީ އޮޓޮމެޓިކް އަދި އެސޯލްޓް ރައިފަލް އެގައުމުގައި މަނާކޮށްފައިވާ ކަމަށެވެ. އިތުރަށް ބޮޑު ވަޒީރު ވިދާޅުވީ އެއީ ގައުމީ މަސްލަހަތުގެ ތެރެއިން އެންމެން ސަލާމަތަށްޓަކައި މުހިންމު ކަމެއް ކަމަށާއި މިކަހަލަ ޓެރަރިސްޓު ހަމަލާއެއް ތަކުރާރުނުވާނެ ގޮތަކަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.
ނިއުޒިލޭންޑު ގައި މުސްލިމުން ޝަހީދު ކޮށްލުމަށް ބޭނުންކުރި ވައްތަރުގެ ބަޑިތައް އެގައުމުގައި މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ