ފަރުވާ ނުދެވޭ ފަދަ ބަލިތައް ނުވަތަ މަރުގެ ތުންފަތް މަތީގައި ތިބޭ ބަލި މީހުން ބޭނުންވެއްޖެ ނަމަ އެ މީހުން މަރާލުމުގައި ޑޮކްޓަރުންނަށް އެހީ ވެވޭނެ ކަމަށް ކެނެޑާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ކެނެޑާގައި މީގެކުރިން ބަލި މީހާ ބޭނުންވި ނަމަވެސް އެމީހާ މަރާލުމުގެ ބާރު ޑޮކްޓަރުންނަށް ލިބިދީފައެއް ނުވެއެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެކަން ކުރުން މަނާކުރުމާއި ގުޅިގެން ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް ވެސް ހަދާފައެވެ.
ބަލި މީހާ ބޭނުންނަމަ ޑޮކްޓަރުންގެ އެހީގައި މަރާލެވޭ ގޮތަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމާފައިވަނީ ބޮޑު ބައްޔެއް ތަހައްމަލު ކުރަމުން ދިޔަ ދެ އަންހެނަކު އެ މީހުން މަރާލަ ދިނުމަށް ޑޮކްޓަރުން ކިބައިން އެދުމުން ވެސް އެކަން ކުރުމަށް ޑޮކްޓަރުން ދެކޮޅު ހެދުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ އައު ނިންމުމުގެ ސަބަބުންފަސޭހަ ނުވާނެ ބަލިތައް ޖެހިފައިވާ މީހުން، މަރުވާން ބޭނުންވެ، އެކަމަށް އެދިއްޖެ ނަމަ އެކަމަށް ޑޮކްޓަރުންނަށް އެހީ ވެވޭނެއެވެ. ނަމަވެސް ގާނޫނުގެ ދަށުން އާދައިގެ ބަލިތައް ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން މަރުވާން ބޭނުން ނަމަ އެކަމަށް ފުރުސަތެއް ނެތެވެ.
ކޯޓުގެ މި ނިންމުމާއިއެކު އެކަމާ ގުޅިގެން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކެނެޑާގެ ގާނޫނު ހަދާ މަޖިލީހަށް 12 މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
ބަލި މީހާގެ ރުހުމާ އެކު ޑޮކްޓަރުން އެހީވެގެން ބަލި މީހާ މަރާލުމަކީ ބައެއް ގައުމުތަކުގައި ހުއްދަ ކަމެކެވެ. ނަމަވެސް އެފަދަ ކަންކަމުގައި ޑޮކްޓަރުން ބައިވެރިވުން ގިނަ ގައުމުތަކުގައި ވަނީ މަނާކޮށްފައެވެ.
ބަލި މީހާ ބޭނުންނަމަ ޑޮކްޓަރުންގެ އެހީގައި މަރާލެވޭނެ - ކެނެޑާ ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ