ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހުމަދު ނާޒިމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކާރާއި ހީލަތް ހެދި ކަމުގެ ދައުވާތައް ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ނާޒިމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްތައް ހައިކޯޓުން ބާތިލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ގައެވެ. ނާޒިމުގެ މައްސަލަތައް ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފު ކުރަން ދިން މުއްްދަތު ހަމަވި ފަހުން ނެވެ.
އިސްތިއުނާފުކޮށްފައި ވަނީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުން ކަމަށްވީ ނަމަވެސް ސްޕްރީމް ކޯޓުންވަނީ އެ މައްސަލަތައް ބަލައިގެންފައެވެ. އެ ހުކުމްތައް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުންތަކަަށް ތާއީދުކޮށްފަ އެވެ.
އެ މައްސަލަތައް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޕީޖީއަކު ނެތި ދިޔަ މުއްދަތުގައި އެމައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނަޅާ ގޮސްފައިވާތީ މިހާރުގެ ޕީޖީ މުހުތާޒު މުހުސިންގެ ސިޓިއަކާއެކުއެވެ.
ނާޒިމްގެ މައްޗަށް ދައުވާކުރީ ބަނދަރު ބައްތިތަކެއް ގަތުމަށް ކުރީގެ އެޓޮލްސް މިނިސްޓްރީން އިއުލާންކުރުމުން އޮޅުވާލައިގެން އެސްޓިމޭޓް ހުށަހަޅައިގެން ނާޒިމް އެ ޕްރޮޖެކްޓް ކާމިޔާބުކުރި ކަމަށް ބުނެ އެވެ.
ނާޒިމްގެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ