ޓެރަރިޒަމްގެ ކުށް ސާބިތުވެ، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ރަނގަޅަށް ނޫން ކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.
އަދި މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމަކަށް ވާތީ އެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުންނާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ހުއްދަ ދޭންޖެހޭ މައްސަލައެއް ނޫން ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް އެ ނިންމުމުގައި ވެއެވެ.
އިމްރާން ޖަލަަށް ލާން ހުކުމްކޮށްފައި ވަނީ މޭ، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.
އިމްރާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ޙުކުމަށް ސުޕްރީމް ކޯޓުންވެސް ތާޢީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ