"ޖަޒީރާ" އޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ބޭނުންވަނީ ރައްޔިތުން އަތިރިމައްޗަށް ގޮސް ފާހާނަ ކުރާ ދަރަޖައަށް ގެންދަންކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ށ.އަތޮޅުގެ ބައެއް ރައްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު އަރިހުގައި ބިލެއްފައްސަށް ވަޑައިގެން އެރަށުގެ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ ޑިމޮކްރަސީގެ ރީތި އުސޫލެއް އިދިކޮޅު ފަރާތްތަކަށް ނޭނގޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތުގައި، ވަކި އަތޮޅެއް ވަކި ރަށެއް ނުބައްލަވާ ހުރިހާ އަތޮޅަކަށްވެސް އަދި ރަށްތަކަށްވެސް ތަރައްޤީ ގެންނަވާނޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ރައްޔިތުން އަނެއްކާވެސް އަތިރިމައްޗަށް ފާހާނަ ކުރާ ދަރަޖައަށް ގެންދަން - މިނިސްޓަރ ތޯރިޤް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ