މާލޭގެ ދާއިރާގެ އަދަދު އިތުރުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އެބައޮތް: އީސީ

ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދާއިރާގެ އަދަދު 14 ނުވަތަ 15 އަށް އިތުރުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އޮތް ކަމަށް އިލެކްޝަންކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދާއިރާތައް އިތުރުކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް މިއަދު އީސީގެ އޮފިހުގައި ރައްޔިތުންގެ މަޖިލީހުގައި މާލެ ތަމްސީލް ކުރައްވާ ބައެއް މެމްބަރުންނާ އެކު ވަނީ ބައްދަލުވުމެއްބާއްވާފައެވެ.
ރައްޔިތުންގެ ޖިލިސް އިންތިޚާބު އަންނަ މާޗް މަހު ބާއްވަން އީސީން ތައްޔާރުވަމުން އަންނައިރު މިހާރު މަލޭގައި ރައްޔިތުންގެ މަޖިލީހުގައި 13 ދާއިރާއަކުން މެމްބަރުން ތިއްބަވަ އެވެ. އަދި ދާއިރާގެ އަދަދު ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 14 ނުވަތަ 15 އަށް އިތުރުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އޮތް ކަމަށް އީސީން ވަނީ ބުނެފައެވެ.
އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ރައްިޔިތުންގެ މަޖިލީހުގެ މަލޭގެ ދާއިރާތަށް މިހާރު އޮތް އަދަދަށް ބާއްވާނީތޯ ނުވަތަ ދާއިރާތައް އިތުރުކުރާނީތޯ މި މަހުގެ 21 ގެ ކުރިން ގޮތެއް ނިންމުމަށް ޕާޓީތަކަށް މިހާރު ސިޓީ ފޮނުވާފައިވާކަމަށެވެ.
1971 ވަނަ އަހަރު އުފެދުނު ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 85 ދާއިރާއަކުން ތަމްސީލްކުރައްވާ 85 މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ