ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ބާއްވާ ޕްރައިމަރީގައި އެންމެ މީހަކު ކުރިމަތިލުމުން ޕްރައިމަރީއަކަށް ނުގޮސް ޓިކެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި އަލިފުށީ ދާއިރާގެ މެމްބަރު މުޙަންމަދު ރަޝީދު ހުސައިން (ބިގޭ) ހިމެނެއެވެ.
ބިގޭގެ އިތުރުން ޓިކެޓް ކަށަވަރު ކުރި އަނެއް 2 މެމްބަރުންނަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.
އެމްޑީޕީން އިއުލާން ކުރި ނުވަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއްގެ ޓިކެޓް ކަށަވަރު ކުރައްވާފައި ވަނީ ކުރިން މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ދެ ބޭފުޅެކެވެ. އެއީ ބާރަށު ދާއިރާއަށް ކުރިމަތިލެއްވި ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި މިލަންދޫ ދާއިރާއަށް ކުރިމަތިލެއްވި އެދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާއެވެ.
Emme Candidate eh laafavumun Primary neiy Dhaaira thah
HoarafushiBaarahDhidhdhooMilandhooAlifushiMahibadhooFVM UthuruGalolhu UthuruMaafannu Uthuru
— MDP Secretariat (@MDPSecretariat) December 20, 2018
އޭގެ އިތުރަށް ރާއްޖެ ޓީވީގެ އެމްޑީ އަހްމަދު ސަލީމް (ކުޑަ ސައްލޭ)އަށް ހޯރަފުށި ދާއިރާގެ ޓިކެޓާއި، ދިއްދޫ ދާއިރާއަށް އަބްދުﷲ ވަހީދުއާއި މަހިބަދޫ ދާއިރާއަށް އަލީ އަހްމަދުގެ އިތުރަށް ފުވައްމުލަކު އުތުރު ދާއިރާއަށް މުހައްމަދު ރަޝީދެވެ.
އެމްޑީޕީގެ ޕްރައިމަރީ 86 ދާއިރާއަކަށް މީހުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން މަތީގައި ބުނެވުނު ނުވަ ކެންޑިޑޭޓުންނާއެކު 280 ކެންޑިޑޭޓަކު ވަނީ ޕްރައިމަރީއަށް ކުރިމަތިލައްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީއާއި ދިމާކޮށް އެޕާޓީއަށް ވަނީ ގިނަ އަދަދަކަށް އަލަށް މެމްބަރުން ވައްދާފައެވެ. އެގޮތުން އަލަށް ވެއްދި މެމްބަރުންނާއެކު 81 ހާސް މީހުން އެމްޑީޕީ ޕްރައިމަރީގައި ވޯޓް އެޅުމުގެ ހައްގު ލިބިގެންދާނެއެވެ. އެޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ އަދަދު 33 ހާހަށްވުރެ މައްޗަސް ވަނީ ގޮސްފައެވެ.
Rayyithunge Majlis 2019 MDP Primary ga R.Alifushi Dhaaira ah vaadha kurevvumah @Bigeym @MDPSecretariat ah Form husha’alhuvvaifi pic.twitter.com/wB81gH2U79
— MDP Secretariat (@MDPSecretariat) December 17, 2018
00 ޓެގްރައްޔިތުންގެ މަޖިލިސް
އަލިފުށީ ދާއިރާގެ އެމް.ޑީ.ޕީ ޓިކެޓް ބިގޭ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ