ދިވެހި ފުލުހުންނާއި ސިފައިން އަދި ޖުޑިޝަރީން ރައީސް ޔާމީން ބޭނުންފުޅުހާ ގޮތަކަށް ކަންކަން ނުކުރާނެ ކަމަށާއި އެބޭފުޅުން ރައްޔިތުންގެ ނިންމެވުމަށް ފުރިހަމަ އަށް އިހުތިރާމު ކުރައްވާނެ ކަމަށް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގެން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މާފަންނު ކުނޫޒުގައި ދާދި ދެންމެ ދެއްވި ނޫސް ކޮންފަރެންސެއްގަ އެވެ.
ގާސިމް ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިވި އިރު ރައީސް ކަމަށް ކުރިމަތިލައިފާނެހެން ހީވާ އެކަމަށް ކުފޫ ހަމަވާ އެންމެން ތިބީ ޖަލުގައި ކަމަށެވެ.
"އަނިޔާވެރިކަމާ ނާއިންސާފާ ކޮރަޕްޝަނާ ދިވެހީން އަބަދުވެސް ދެކޮޅު. މި ފަހަރުވެސް ބައްލަވާ! ރިޔާސީ އިންތިޚާބު ކުރިމަތިވި އިރު އެކަމަށް ކުރިމަތިލައިފާނެހެން ހީވާ އެންމެ ތިބީ ޖަލުގަ. މީ ހަމަ އިއްތިފާޤެއްތޯ؟" ގާސިމް ސުވާލުކުރެއްވި އެވެ.
ގާސިމް ވިދާޅުވީ ވެރިކަން ދަމަހައްޓަން ވެސް ހުރިހާ ސަޕޯޓެއް ދެއްވި ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީން ކަންތައްތައް ކުރެއްވީ ވަރަށް ވެސް ގޯސްކޮށް ކަމަށެވެ. ރައީސް ޔާމީނަށް ރައްޔިތުންގެ ވޯޓުން މިއަދު ފެނިގެން އެދިޔައީ އޭގެ ނަތީޖާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންނާ އަދި ޖުޑިޝަރީން ރައީސް ބޭނުންހާ ގޮތަކަށް ކަންތަކެއް ނުކުރާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ