21 ގަރުނުގެ ބޮޑު ބުރާސްފަތި: ނަޝީދު މާލެއަށް، މަޖިލީހުގެ ރައީސަކަށް ގާސިމް!

މިއީ 21 ވަނަ ގަރުނުގެ ބޮޑު ބުރާސްފަތި ކަމަށާއި، މިއަދު ރައީސް ނަޝީދު މާލެ ވަޑައިގަންނަވާއިރު މަޖިލީހުގެ ރައީސަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަމަޖެހިގެން ދާނެ ކަމަށް އެޕާޓީގެ ނައިބް ރައީސް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
އަބްދުﷲ މައުސޫމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ރައްޔިތުންގެ ހިތްތަކުގެ ރައީސް ނަޝީދު އެނބުރި ޖަޒީރާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށެވެ. Miadhakee 21vana qarunuge #BoduBuraasfathi.▪Rayyithunge hiythakuge Raees @MohamedNasheed en'buri #JazeeraaRaajje ah vadaigathun!▪Majilis Raees #Maseeh magaamun dhurukurun/isthiufaa dhevvun!▪JP Leader MP Hon @qasimibrahim Majilis Raees kamah!Shukriyyyaa rayyithun!— Abdulla Mausoom (@Mausoom_Maus) November 1, 2018
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިއަދު މަގާމުން ދުރުކުރުން ނުވަތަ އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެއަށްފަހު ޖޭޕީ ލީޑަރު ގާސިމް އެމަގާމަށް އަންޔަން ކުރެވޭނެ ކަމަށެވެ.
ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިއަދު 2 ގަނޑި 10 ގައި އޮންނަ ޔޫއެލްގެ ފުލައިޓުންނެވެ. ރައީސް ނަޝީދަށް މަރުހަބާ ކިއުމަށް އެމްޑީޕީން ވަނީ އަދި މިހާތަނަށް މީހަކަށް މަރުހަބާ ނުކިޔާ ވަރަށް މަރުހަބާ ކިއުމަށް ތައްޔާރު ވެފައެވެ. ޗާންދަނީ މަގުގެ ރީފް ސައިޑް ކަންމަތިން ފެށިގެންގޮސް އެމްޑިޕީގެ 85 ދާއިރާ ބީޗާއި ހިސާބަށް އެތުރިލައިގެން ތިބޭނެއެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާ އޮތީ މިރޭ 8:30 ތާވަލް ކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ