މެމްބަރު މުހައްމާ އާއި ޝަހުދީގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން ބުރާސްފަތި ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން ތަކެއް ސްޕްރީމް ކޯޓްގައި ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲގެ ގޮނޑީގެ މައްސަލައިގެ ސްޕްރީމް ކޯޓްގައި ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 10:00 އަށެވެ. އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ.
ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކުރިން ނިންމާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް މިހާތަނަށް ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރުދާއިރާގެ މެންބަރ ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގެ އަޑުއެހުންތައް އަންގާރަދުވަހު ވަނީ ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ