ފެނަކަ ކޯޕަރޭޝަން މީދޫ ބްރާންޗުގައި ކަރަންޓު ދިނުމަށް ބޭނުންކުރަމުން އަންނަ 400 ކިލޯވޮޓުގެ ޖަނަރޭޓަރަށް ރޭ ދިމާވި މައްސަލަ ހައްލުނުކުރެވި، މިއަދުވެސް މީދޫގެ ގޭގެއަށް ކަރަންޓު ނުލިބެއެވެ.
ރަށުގައި ދެން ހުރި ކުޑަ ޖަނަރޭޓަރު ހިންގައިގެން ކޮންމެ ގަޑިއިރަކަށް ރަށުގެ ކޮންމެވެސް ކުޑަ ސަރަހައްދަކަށް ކަރަންޓުދެމުން އައި ނަމަވެސް ރަށުގެ 80% ގެތަކަށް މިއަދު ކަރަންޓު ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މިކަމާ ގުޅޭގޮތުން މީދޫ ޓައިމްސްއަށް މައުލޫމާތު ދެއްވަުން ފެނަކަ މީދޫ ބްރާންޗުގެ މެނޭޖަރ އަހުމަދު ޒަމީރު ވިދާޅުވީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި އެހެންނަމަވެސް މައްސަލަ ހައްލުކޮށް ކަރަންޓު ދެވޭނެ އިރެއް ދަންނަވަން ނޭނގޭކަމަށެވެ.
މިމައްސަލަ ހައްލުކުރުމަށް ކުރައްވަމުން ގެންދާ ކަންތައްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދާލުމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ލަމްއާންއަށް ގުޅާލުމުން ފޯނަށް ޖަވާބުނުދެއްވާތީ އޭނާގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މީދޫ ކައުންސިލުން ކަމާބެހޭ ފަރާތްތަކަށް ގުޅަމުންގެންދާކަމަށާއި އެހެންނަމަވެސް މިހާތަނަށް އެންމެ އެދެވޭ ޖަވާބެއް ލިބިފައިނުވާކަމަށް މީދޫ ކައުންސިލްގެ ރައީސް ޙުސައިން އަފީފު މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ. އެހެންނަމަވެސް ފެނަކަ ކޯޕަރޭޝަނުން މީދޫއަށް އައު ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށް މައުލޫމާތު ދެއްވާފައިވާކަމަށް އަފީފު ވިދާޅުވިއެވެ.
އެހެންނަމަވެސް މިގޮތަށް މަސައްކަތް ކުރާތާ ދެމަހަށްވުރެ ގިނަ ދުވަސްވެފައިވާތީ ރައްޔިތުން މިވާހަކަ ޤަބޫލުކުރަން ބޭނުމެއްނުވެއެވެ.
މިއަދުވެސް މީދޫ ރައްޔިތުން ކަރަންޓާ ނުލާ!!!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ