އިންތިހާބާއި ދިމާކޮށް ފުލުހުންނަށް ފެނާއި ކަރަންޓު ހިލޭ

އަންނަ މަހު ސްރީލާގައި ބާއްވާ ރިޔާސީ އިންތިހާބާއި ދިމާކޮށް ލަންކާގެ ފުލުހުންގެ ތެރެއިން މީހުންނާ ނީދެ އުޅޭ މީހުންނަށް ކަރަންޓާއި ފެން ހިލޭ ފޯކޮށްދީފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަޖިތު ރޮހަނާ އާ ހަވާލާދީ ލަންކާގެ ނޫސްތަކުގައި ބުނެފައި ވަނީ ފުލުހުންގެ ތެރެއިން މީހުންނާ ނުއިންނަ މީހުންނަށް ފެނާއި ކަރަންޓް ހިލޭފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަންނަ މަހު އިންތިހާބު އޮންނައިރު ސަރުކާރުން ވަނީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އެތައް އެހީތަކެއް މުއައްޒަފުންނަށް ވެފައި އެވެ. އަދި މިކަމަކީ ސީދާ ރިޝްވަތު ދިނުން ކަމަށް އިލެކްޝަން މޮނިޓާ ކުރާ ފަރާތްތަކުން ވަނީ ބުނެފައި އެވެ.
އިންތިހާބު މޮނިޓާ ކުރާ ފަރާތްތަކުން މިހެން ބުނެފައިވާއިރު އަންނަ މަހު ލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް މަހިންދާ ރާޖަޕްސާ މަކަރުހައްދަވައިގެން ނަމަވެސް ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވަފާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް ކުރީގެ ރައީސާ ޗަންދުރިކާ ކުމާރަތުންގާ ވަނީ ގޮވާލައްވާފައި އެވެ.
ސިޔާސީ ދާއިރާއާ ދުރުގައި ދުވަސްކޮޅަކު އުޅުއްވުމަށް ފަހު މިދިޔަ މަހު ސިޔާސީ ހަރަކާތްތަކުގައި އަލުން ބައިވެރިވެވަޑައިގަންނަވަން ފެއްޓި ޗަންދްރިކާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޖެނުއަރީ އަށް ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ބިރު ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ