ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުގެ ތެރެއިން އިނގިރޭސި ރަސްގެފާނު، ޗާލްސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް މުއިއްޒު ރަސްގެފާނު ޗާލްސްއާ ބައްދަލުކުރެއްވީ ވިންޑްސާ ކާސަލްގަ އެވެ. އެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް އޮފީހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިއީ ރަސްގެފާނު ޗާލްސްއާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ރަސްގެފާނު ޗާލްސްއާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ޑިސެމްބަރު 1، 2023، ގައި ދުބާއިގައި އޮތް ކޮޕް-28 ސަމިޓުގެ ހަވާސާގަ އެވެ.
އެ ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާފައި ވެ އެވެ.
ރައީސް މުއިއްޒު ކިންގް ޗާލްސްއާ ބައްދަލުކުރައްވައިފި ރައީސް މުއިއްޒު ކިންގް ޗާލްސްއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ