މީގެ 15 ދުވަސް ކުރިން ސައިކަލަކާއި އިތުރު ސާމާނުތަކެއް ވަގަށް ނަގައިގެން ހައްޔަރު ކުރި މީހާކު، މާލެ، މައްޗަންގޯޅި ގެއެއްގެ ތިޖޫރީއެއް ވަަގަށްނަގައިގެން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސާއިފް (39އ) އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން، ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެ، އެ ތިޖޫރީ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ މިއަދު 11:05 އެހައިކަންހާއިރު މާވެޔޮ މަގުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭނާ ތިޖޫރީން ނެގި ފައިސާގެ އަދަދު ލައްކަ އަކަށްވުރެ ގިނަ ކަމަށާ، އެ ފައިސާ މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދާނީ ތަހުގީގުކުރަމުންނެވެ.
މީގެ 15 ދުވަސް ކުރީން ހައްޔަރުކުރީ ސައިކަލެއް ވަގަށް ނަގައިގެން، މި ފަހަރު އެއްލައްކަ ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ