ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފުޑް ކާނިވަލަކީ ހަމައެކަނި ކާބޯތަކެތީގެ އީދެއް ނޫނެވެ. މިއީ މިއުޒިކަށް ލޯބިކުރާ މީހުންނަށް ވެސް ކަމުދާނެ، ކުޑަވަރެއްގެ މިއުޒިކީ ފެސްޓިވަލެކެވެ.
ސެންޓްރަލް ޕާކުގެ މެދުގައި ހުންނަ ފުޑް ކާނިވަލްގެ ސްޓޭޖުގައި ކޮންމެ ރެއަކު ވެސް މިއުޒިކް ބޭންޑެއް ނުވަތަ އާޓިސްޓެއް ޕާފޯމް ކުރާނެ އެވެ.
ފުރަތަމަ ރޭ ޕާފޯމް ކުރީ ސާދަ ތިރީސް އަށެއް (1438) ބޮޑުބެރު ގްރޫޕާއި 2އޮފްއަސް އެވެ.
މިި ރެ އާއި ކުރިއަށް ހުރި ރޭތަކުގައި ޕާފޯމް ކުރާނީ:
މިރޭ 9 އިން 10އަށް އާކޭޑިއާ؛ 10:30 އިން 11:30އަށް ބޮކީޓޯސް
މާދަމާ ރޭ 10:30 އިން 11:30އަށް ސްކައިރޮކް
ފަހު ރޭ 9 އިން 10އަށް ރެވިއޯ
ކާބޯތަކެތީގެ އެންމެ ބޮޑު އީދުގެ ގޮތުގައި މަޝްހޫރު 'މޯލްޑިވްސް ފުޑް ކާނިވަލް' ކުރިއަށްދާނީ 25 އިން 28 ޖޫންގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 11:30އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
މި ކާނިވަލަކީ ކެއުމަށް ލޯބިކުރާ މީހުންނާއި ކާބޯތަކެތީގެ ވިޔަފާރިވެރިންނާއި ކައްކާއިން އެއް ތަނަކުން ބައްދަލުކޮށްދޭ، އެކި ރަހަތަކުން ފުރިގެންވާ މާހައުލެކެވެ.
ކާބޯތަކެތީގެ އިތުރުން ލައިވް މިއުޒިކާއި ހުރިހާ އުމުރުފުރާތަކުގެ މީހުންނަށް ވެސް ކަމުދާ އެކި ކަހަލަ މަޖާ ކުޅިވަރުތަކާއި ހަރަކާތްތަކުން މި ކާނިވަލް އިތުރަށް ފަޅުފިލުވައިދެ އެވެ.
ފުޑް ކާނިވަލްގެ ސްޓޭޖުން ކޮންމެ ރެއަކު ލައިވް މިއުޒިކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ