ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު ކުޑަ ކަމުގެ ޝަކުވާއާއެކު، ވަގުތު އިތުރުކޮށްފި
ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް ވަގުތެއްގައި ހިފެހެއްޓުމަށް ނިންމާ، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައިފި އެވެ.އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާނެ ވަގުތުތައް މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައި، ކައުންސިލްތަކަށް އަންގައިފައިވާ ކަމަށެވެ.އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާ ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި ޢަޞުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި އަށް މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓުކަމަށް ކަނޑައަޅައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.އެ ނިންމުމަކީ ބަންގިއާއި ގަމަތާ ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާންމުންގެ ޝަކުވާ ވުޒާރާއަށް ލިބުމާ ގުޅިގެން އެކަމަށް ރިއާޔަތްކޮށްގެން ނިންމި ގޮތެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ