ވިޔަފާރިވެރިޔާ ފާތިމަތު ނަދާ ހިންގާ ނަދާ ސެލޫންގައި މަސައްކަތްކުރި މުވައްޒަފަކު މެޓާނިޓީ ލީވްގައި ހުއްޓައި ވަޒީފާއިން ވަކިކުރި މައްސަލާގައި މުސާރައާއި ބަދަލު ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ވީކިހިނެއް؟ - މި މުވައްޒަފު ޗުއްޓީއަށް ދިޔައީ އޮގަސްޓް 2024 އިން އޮކްޓޯބަރު 2024 އަށެވެ. ނަމަވެސް އެ މުއްދަތުގައި މުސާރަ ނުދިނުމުން، މުސާރަ ނުދޭ ނަމަ ވަޒީފާއިން ވަކިވާން ބޭނުންވާ ކަމަށް އޭނާ ބުނުމުން، މުސާރަ ވެސް ނުދީ ވަޒީފާއިން ކަނޑާލީ އޮކްޓޯބަރު މަހުގަ އެވެ.
ތަފްސީލް - މި މައްސަލާގައި އެ މުވައްޒަފު ޓްރައިބިއުނަލަށް ދިޔަ އެވެ. ނަދާގެ ގައިރު ހާޒިރުގައި އަދި މުވައްޒަފާ އެއްކޮޅަށް ޓްރައިބިއުނަލުން ނިންމި ނިންމުން ނަދާ ހައި ކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ 29 ޖޫންގަ އެވެ.
ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ނަދާ ސެލޫން ހިންގާ ސެލޫން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
ފަސްމަންޒަރު - ޓްރައިބިއުނަލުން ކުރި ހުކުމްކުރީ:
މެޓާނިޓީ ލީވްގައި ހުރި މުއްދަތުގެ މުސާރައަށްވާ 48،600ރ. ދޭން
ސަބަބެއް ނެތި ވަޒީފާއިން ވަކިކުރި ކަމަށް ނިންމައި، އޭގެ ބަދަލެއްގެ ގޮތުގައި 97،200ރ. ދޭން
އެ މުއްދަތުގައި ދިމާވި ރޯދަ މަހުގެ އެލަވަންސަށްވާ 3000ރ. ވެސް ދޭން
ގާނޫނީ ވަކީލުގެ ހިދުމަތް ހޯދަން މުވައްޒަފު ވަކީލަށް ދިން 35،000ރ. ވެސް ނަދާ ސެލޫނުން އޭނާއަށް ދޭން
ނަދާ ސެލޫންގެ މުވައްޒަފަކު މެޓާނިޓީ ލީވްގައި ހުއްޓައި ކަނޑާލި މައްސަލަ ހައި ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ