އުރީދޫ މަސްރޭސް: ކުރުމަހާއި ހިބަރާއި ރަތް ގިއުޅު އަދި ކައްޓެޅި ބާނައިފިނަމަ 15 ޕޮއިންޓު!

އުރީދޫ މަސްރޭސް 2025 ގައި ޕޮއިންޓު ދޭން ހަމަޖެހިފައިވާ ކެޓަގަރީތައް ހާމަކޮށްފިއެވެ.
އުރީދޫ އިން ބުނީ އުރީދޫ މަސްރޭސް 2025 ގައި ހަތަރު ކެޓަގަރީއެއް ހިމެނޭ ކަމަށާއި އެއީ 3ޖީ، 4ޖީ، 4ޖީ ޕްލަސް އަދި 5ޖީ ކަމަށެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި ހިމެނޭ ބާވަތްތަކުގެ މަސްތައްވެސް އުރީދޫ އިން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން:
3ޖީ ކެޓަގަރީ:
އުރީދޫ އިން ބުނީ މި ކެޓަގަރީގެ ދަށުން ބާނާ މަސްތަކަށް ދޭން ހަމަޖެހިފައިވަނީ 3 ޕޮއިންޓު ކަމަށެވެ.
4ޖީ ކެޓަގަރީ:
އުރީދޫ އިން ބުނީ މި ކެޓަގަރީގެ ދަށުން ބާނާ މަސްތަކަށް ދޭން ހަމަޖެހިފައިވަނީ 6 ޕޮއިންޓު ކަމަށެވެ.
4ޖީ ޕްލަސް ކެޓަގަރީ:
މި ކެޓަގަރީގެ ދަށުން ބާނާ މަސްތަކަށް ދޭން ހަމަޖެހިފައިވަނީ 10 ޕޮއިންޓު ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. ކެޓަގަރީތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓު ދޭން ހަމަޖެހިފައިވަނީ 5ޖީގެ ދަށުން ބާނާ މަސްތަކެވެ. އެގޮތުން މި ކެޓަގަރީ އިން ބާނާ ކޮންމެ މަހަކަށް 15 ޕޮއިންޓު ދޭން ނިންމާފައިވާއިރު މި ކެޓަގަރީގެ ދަށުގައި ހިމެނެނީ:
މިއަަހަރު އުރީދޫ މަސްރޭސް ބޭއްވުމަށް ނިންމާފައި ވަނީ ކ. ހުރާ އާއި ށ. ފުނަދޫގައި ކަމަށްވާއިރު އުރީދޫ އިން ބުނީ މަސްރޭސް ހުރާގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 22 ގައި ކަމަށެވެ. އަދި ފުނަދޫގައި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 29 ގައި ކަމަށެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 10000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5000 ރުފިޔާ ދިނުމަށް އުރީދޫ އިން ވަނީ ނިންމާފައެވެ. އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފާހަގަކުރެވޭ ގޮތުގައި އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ