މާލެ އާއި ހުޅުމާލެއިން މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ކެނޑޭތާ ތިން ހަފުތާވެއްޖެ އެވެ. 
މިދިޔަ އޮގަސްޓް 14، ވީ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނުއިރު، އޮގަސްޓް 9، ވީ ހޮނިހިރު ދުވަހު މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. 
ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހެނދުނު 06:00 އިން 10:00 އަށް ކަރަންޓު ކެނޑި އެވެ. އެކަން ރޭ ދުރާލައި ސްޓެލްކޯއިން ހާމަކުރި އެވެ. 
މުޅި މާލެ އާއި ހުޅުމާލެއިން ޖޫން 1، ގައި ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކެނޑުނުއިރު، މާލެ އާއި ހުޅުމާލެއަށް ކަރަންޓު އަލުން ދެވުނީ ފަސް ގަޑިއިރު ފަހުންނެވެ. 
ޖޫން 1، ގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓާއި މާލެ އަދި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނު ފަހުން މި ހިނގައިދިޔަ 34 ދުވަސް ތެރޭގައި މާލެ/ހުޅުމާލެ އިން 24 ދުވަހު ކަރަންޓު ކެނޑުނުކަން ސްޓެލްކޯއިން އާންމު ކުރި މައުލޫމާތުތަކުން އެނގެ އެވެ. 
މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ކޮންމެ ފަހަރަކު ސްޓެލްކޯއިން ބުނަމުންދަނީ އެކަން ދިމާވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެކަމަކު އެއީ ކޮން ޓެކްނިކަލް މައްސަލައެއް ކަމެއް ސްޓެލްކޯއަށް ބުނެއެއް ނުދެވެ އެވެ.
މާލެއިން ތަކުރާރުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުންދާ މައިގަނޑު ސަބަބަކީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ ތެޔޮ ޓޭންކުތަކަށް ބަރާބަރަށް ތެޔޮ ނޭޅޭތީ ކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން އަދަދު އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ކަރަންޓު ކެނޑޭ މައްސަލައިގައި މި ނޫހުން ސްޓެލްކޯގެ ބައެއް ވެރިންނާއި، ކަމުގެ މައުލޫމާތު އެނގޭ މި ސަރުކާރުގެ ބައެއް ވެރިންނާއި މާހިރުންނާ ވާހަކަ ދެކެވުނެވެ. އެ އެންމެން ވެސް ބުނަނީ ކަރަންޓަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ބަރާބަރަށް ނޭޅުމެވެ.
    
    މާލެ އާއި ހުޅުމާލެއިން މެދުނުކެނޑި ކަރަންޓު ކެނޑޭތާ ތިން ހަފުތާވެއްޖެ މާލެ އާއި ހުޅުމާލެއިން މެދުނުކެނޑި ކަރަންޓު ކެނޑޭތާ ތިން ހަފުތާވެއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ