މަސްތުވާތަކެތީގެ މައްސަލައެއްގައި ދެބެން ހައްޔަރުކޮށްފި

ފުލުހުން މާލޭގައި ހިންގި ޑްރަގު އޮޕަރޭޝަންގައި ކިލޯއެއްހާ މަސްތުވާތަކެއްޗާ އެކު ދެބެން އިއްޔެ ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ ޑްރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރު ކުރި އެ ދެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެގޮތުން، އެއީ ހ. ސެމިޓޯންގެއަށް ނިސްވާ:
އިބްރާހިމް ޝަރީފް 41
ހަމްޒާ ޝަރީފް 44
ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އިމްބާރިމް އާއި ހަމްޒާ އަކީ ދެބެންނެވެ. މި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަނެފައި ވަނީ 90.5 ގްރާމްގެ ޑްރަގެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ